ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމިގެ ދައުވާގެ އަޑު އެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
އަދީބުގެ މައްޗަށް ކުރާ ޓެރެރިޒަމުގެ ދައުވާގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފައި ވަނީ މާދަމާ މެންދުރު 13:15 އަށެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ދަތުރުކުރައްވަނިކޮށް އެއްޗެއް ގޮވި ހާދިސާއާއި އަދީބާއި ގުޅުމެއްވާކަމަށް ބުނެއެވެ.