އިލްހާމް އަހްމަދު

މައްސަލަތައް ބެލޭނެ، އާއިލާގެ މީހުންގެ ނަމުގައި ހުއްޓަސް މުދާ ހޯދިގޮތް ބުނެދޭން މަޖުބޫރުވާނެ: އިލްހާމް

ދައުލަތުގެ ޚަޒާނާ ލޫޓުވައިލި އެންމެންގެ މައްސަލަތައް ވެސް ބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ތައް ބަލާ އިރު، މުދާތައް ހޯދިގޮތް ބުނެދޭން މަޖުބޫރުވާނެ ކަމަށެވެ.

"ފެމިލީ މީހެއްގެ ނަމުގައި ހުއްޓަސް ކަން އޮތީ މިހެން. މަޖިލިސް އަށް ޖަވާބުދާރީ ވާން ޖެހޭނެ،" އިލްހާމްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އިލްހާމްގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ އެ މައްސަލައިގައި ސިޔާސީ ނިވަލަކުން ދެވޭނެ ފަރުވާއެއް ނޯންނާނެ ކަމަށެވެ. "ހަމަ ނޯ ޗޮއިސް" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެވަޑައިގެންފައިވާ އިރު، އެމަނިކުފާނުގެ ސަރުކާރު ތެރޭގައި އިންތިހާ އަށް ކޮރަޕްޝަން ގެ މައްސަލަތައް އެބަ ހުރި ކަމަށް ބުނެ އެމައްސަލަ ތައް އިންސާފުވެރިކަމާ އެކު ބަލައި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވީ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.