ހއ. ހޯރަފުށީ ކޮމިޔުނިޓީ ސެންޓަރު ހުޅުވައިފި އެވެ.
އެ ކޮމިޔިނިޓީ ސެންޓަރު ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް އެވެ.
އިއްޔެ ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީގޮތުން މި ކޮމިޔުނިޓީ ސެންޓަރު ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު މަހްލޫފު ވިދާޅުވީ އެ ރަށުގައި ގާއިމުކޮށްފައިވާ ކޮމިޔުނިޓީ ސެންޓަރުގެ ވަސީލަތްތަކާއި ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ކޮމިޔުނިޓީ ސެންޓަރު ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރު މަހްލޫފާއި ޔޫތު މިނިސްޓްރީގެ އޮފިޝަލުންވަނީ ހޯރަފުށީގެ ޒުވާނުންނާ ބައްދަލު ކުރައްވައިފައެވެ. ހޯރަފުށީގައި އަލަށް ހަދާފައިވާ ފުޓްސަލް ދަނޑުގައި ރަށުގެ ޒުވާނުންނާ ދެއްކެވި ވާހަކަައިގައި، ހޯރަފުށީގެ ކުޅިވަރުގެ ކަންތައްތައް ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ރާވައިފައިވާ ކަންތައްތަކާ ބެހޭ ގޮތުންވަނީ މަޝްވަރާކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.