ބޮލީވުޑް

ޝާޚު އޭނާގެ ދަރިފުޅާއެކު ފުޓުބޯޅަ ކުޅޭ ވީޑިއޯއެއް!

ޝާޚްރުޚް ޚާން ފާހަގަވެފައި ވަނީ ދަރީންނާ އެކު ވަގުތު ހޭދަކުރަން އިސްކަން ދޭ ތަރިއެއްގެ ގޮތުގައެވެ. އޭނާ ބުނާ ގޮތުގައި، ދަރީންނާ މެދު ދެކެނީ އެކުވެރީންގެ ގޮތުގައެވެ. އެންމެ ގާތް އެކުވެރީންނަކީ އެއީއެވެ.

ދާދި ފަހުން، ޝާޚުގެ ފޭނުން ވަނީ، ދަރިފުޅު އަބްރަމް ޚާން އާއި އެކު ފުޓުބޯޅަ ކުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ. ޝާޚުގެ ސަޕޯޓަރުންގެ މެދުގައި މި ވީޑިއޯ ވަރަށް ބޮޑަށް މަގުބޫލުވެގެން ގޮސްފައިވާއިރު، ވީޑިއޯގައި ޝާޚު ހުންނަނީ ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްގައެވެ. ދިހަ އަހަރުގެ އަބްރަމް ހުންނަނީ ހުދާއި ކަޅުގެ ގަޔަށް ދޫ ޓީޝާޓަކާއި ސޯޓެއްގައެވެ.

ޝާޚުރުޚް ޚާން ދަރިފުޅާއި އެކު ފުޓުބޯޅަ ކުޅޭ ވީޑިއޯ ---

ދަރިފުޅާއި އެކު ޝާޚު ފުޓުބޯޅަ ކުޅެން ހުރީ، ބޮމްބޭގައި ހުންނަ އޭނާގެ ގެ، މަންނަތު" ގައި އޮންނަ ކުޑަވަރެއްގެ ދަނޑެއްގައެވެ. ޝާޚުއާއި އެކު އޭނާގެ ބައެއް މުވައްޒަފުންވެސް ކުޅޭން ތިބި މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯ ނަގާފައި ވަނީ ކައިރީގައި ހުރި އެހެން ގެއެއްގައި ހުރީ މީހެއް ކަން ވީޑިއޯއިން އެނގެއެވެ.