ޕޮލިސް

މުލަކު ބަނދަރުގައި އޮތް ދޯންޏަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިހަ ރަބަރު ޕެކެޓު ފެނިއްޖެ

މ. މުލަކު ބަނދަރުގައި އޮތް ދޯންޏަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިހަ ރަބަރު ޕެކެޓު ފެނިއްޖެއެވެ.

ފުލުހުން ބުނީ މުލަކު ބަނދަރުގައި އޮތް ދޯންޏަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިހަ ރަބަރު ޕެކެޓު ފެނިފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދޯނި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިހަ ރަބަރު ޕެކެޓު ފެނިފައިވަނީ އެ ދޯނީގެ ފާހަނާ ތެރެއިން ކަމަށާއި އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.