މާފަންނު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތީގެ ބޭނުންކުރަމުންދިޔަ މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތީގެ ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު 4:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި 18 މީހުންނަކީ 23 އަހަރާއި 56 އަހަރާ ދެމެދުގެ ދިވެހިން ކަމަށާއި އެމީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ 18 މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓާއި 24،950 ރުފިޔާ ފެނިފައިވާ ކަމަށެވެ.