ޓެކްނޮލޮޖީ

އައިފޯނު 16 އަށް އުފައްދާ އައިއޯސް 18 އިން އުއްމީދު ކުރެވެނީ ކޮން ކަމެއް؟

އާދަމް ނަސީރު

މި ހިނގާ 2024 ވަނަ އަހަރު އައިފޯން 16 ނެރޭނެ އެވެ. މޮޅެތި ފޯނުތަކުގެ މޮޅުކަން ހާމަވަނީ ހަމައެކަނި ފޯނުގެ އަވަސްކަމާއި އިސްކުރީންގެ ބޮޑު ކަމަކުން އަދި ބެޓެރީގެ ވަރުގަދަ ކަމަކުން ނޫނެވެ. ފޯނުގެ މޮޅުކަން މިނާ މިންގަނޑުގެ އެންމެ ކުރިއަށް މިހާރު އަންނަނީ ޑިޒައިނާއި އަވަސް ޕުރޮސެސަރެއްވެސް ނޫނެވެ. މިހާރު ފޯނު ތަކުގެ ކެމެރާ ތަކާއި އަގުބޮޑު ޑިސްޕުލޭ ތަކުގެ ކުރިއަށް އަންނަނީ އެ ފޯނެއްގެ މޮޅު އޮޕަރޭޓިން ސިސްޓަމެވެ. ނުވަތަ އެ ފޯނެއް ހިންގުމަށް ބޭނުން ކުރާ ސޮފްޓްވެއާގެ ކުޅަދާނަކަމެވެ. ކަން މިހެން ހުރުމާއި އެކު އެޕަލްއިން ދެކެނީ މިއަހަރުގެ އައިއޯއެސް 18 ސޮފްޓްވެއާ އަކީ ކުންފުނީގެ ތާރީހުގައި އައިއޯއެސް އޮޕަރޭޓިން ސިސްޓަމަށް ގެނެވޭ އެންމެ ބޮޑު އެއް އަޕްޑޭޓްގެ ގޮތުގައެވެ.

މިފަހަރުގެ އައިއޯއެސް 18ގައި ކުރިން ނުލިބޭ މިނިވަންކަން ފޯނުތައް ބޭނުން ކުރާ މީހުންނަށް ލިބިގެން ދާނެއެވެ. އެންޑުރޮއިޑް ފޯނުތަކުގައި ދީފައިވާ މިނިވަންކަމާއި އޭގެ އިތުރަށް ހުޅުވާފައިވާ ގިނަ ދޮރުތަކުގެ ސަބަބުން އެންޑުރޮއިޑަކީ ގިނަ މީހުން ދެކޭ ގޮތުގައި އެންމެ ފަސޭހަ މޯބައިލް އޮޕަރޭޓިން ސިސްޓަމެވެ. އެހެން ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ބަލިކަށިކަން ހުރުމުން އެޕަލްއިން މިފަހަރު ނެރޭ އައިއޯއެސް، މާ ރައްކާތެރި، ވާނެ ކަމަށާއި މީގެ އިތުރުން މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އޭއައި ޓެކްނޮލޮޖީ ވެސް މިފަހަރުގެ އެޕަލް އައިއޯ އެސް 18 ގައި ހިމަނާނެއެވެ.

މިހާރު ނެރެފައިވާ އައިއޯއެސް 17.4 އަޕްޑޭޓްގައި އެޕަލް ޕޮޑްކާސްޓްތަކަށް އޮޓޮމެޓިކުން ޖެނެރޭޓް ކުރެވޭ ޓްރާންސްކްރިޕްޓްތަކާއި، ސިރީގެ ރީޑް މެސެޖްސް ފަންކްޝަންގެ މަލްޓި ލިންގުއަލް އަޕްޑޭޓްތަކާއި އަދި އާ އިމޯޖީ (ފީނިކްސް، ބްރޯކެން ޗޭން، މަޝްރޫމް، ސްލައިސް އޮފް ލައިމް، އަދި ނޮޑިންގ/ޝެކިންގ ހެޑް އެކްސްޕްރެޝަންސް) ހިމެނޭނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. އައިއޯއެސް 17.3 ގައި ތައާރަފުކުރި އާ ސްޓޯލެން ޑިވައިސް ޕްރޮޓެކްޝަން ފީޗާއަށް ރިފައިންމަންޓްތައް ގެނެސްދިނުމުން އައިއޯއެސް 18 އަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން މިހާރު އަންނަނީ ފެންނަމުންނެވެ.

މާޗް މަހުގެ އައިއޯއެސް އަޕްޑޭޓުން އީޔޫގެ އާ ޑިޖިޓަލް މާކެޓްގެ ގާނޫނަށް ތަބާވުމަށް އީޔޫގެ 27 ގައުމެއްގެ އަލްޓަނޭޓިވް އެޕް މާކެޓްޕްލޭސްތަކަށް ސަޕޯޓް ވެސް ހިމަނަން ވަނީ މަޖުބޫރު ވެފައެވެ.

އައިއޯއެސް 18ގެ އޭއައި ފީޗާސްތަކުގެ ތެރޭގައި ޗެޓްޖީޕީޓީ، ގޫގުލް ބާޑް، އަދި މައިކްރޮސޮފްޓް ކޮޕައިލެޓް ފަދަ މިހާރުގެ ލާޖް ލެންގުއޭޖް މޮޑެލްތަކުގެ އެލިމެންޓްތައް އެޑޮޕްޓްކޮށްފައިވާ ރިވެމްޕްޑް ސިރީއެއް ހިމެނޭ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. އެޕަލްގެ އޭއައި ޕްލޭންތައް މެސެޖްސް، އެޕަލް މިއުޒިކް، ކީނޯޓް، އަދި ޕޭޖްސް ފަދަ އެކިއެކި އެޕްތަކަށް ވެސް ބްރާންޗްކޮށް، އޮޓޯ ކޮމްޕްލީޓް ރެސްޕޮންސްތަކާއި ޕްލޭލިސްޓްތަކުގެ އިތުރުން ޖެނެރޭޓިވް ޑްރާފްޓިން ދޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މި ހުރިހާ ކަމެއްގެ އިތުރުން އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ވިޝަން ޕުރޯ އާއި އައިފޯނު ގުޅުވައިލުމަކީ ވެސް ކުރާނެ ކަމެކެވެ. އެހެންކަމުން އައިފޯނުގެ އޮޕަރޭޓިން ސިސްޓަމަށް ގެނެވޭ ބޮޑު ބަދަލުގެ ތެރޭގައި ވިޝަން ޕުރޯގެ ތެރެއިން އައިފޯނު ބޭނުން ކުރެވޭނެ ގޮތް ހެދުމާއި އެޕަލްގެ އިކޯ ސިސްޓަމް ދެމިގެން ދާނެ ގޮތަށް އައިފޯނު 18 ވަނަ އޯއެސްއަށް އީޖާދީ ބަދަލުތަކެއް ގެންނާނެއެވެ.