ސިއްހަތާއި ފިޓްނަސްއަށް ހާއްސަ ސަމާލު ކަމެއްދޭ ބަތަލާ ބިޕާޝާ ބާސޫ ވަނީ މީގެ އަހަރު ތަކެއް ކުރިން އަންހެނުންނަށް ހާއްސަކޮށް ސެލްފް ޑިފެންސް ޓްރެއިނިން ތަކެއް ބާއްވާނެ ކަމަށް ބުނެފައެވެ.
އޭރު ބިޕާޝާ ބުނި ވާހަކަ މިއަދު އޭނާ މިވަނީ ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް ޓްރެއިނިން ތަކަަކަށް ވުރެ ބޮޑުކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނިމެންވާއިރަށް ބިޕާޝާ ތިން ސެލްފް ޑިފެންސް ޓްރެއިނިން ސެންޓަރު ހުޅުވާނެއެވެ. އެއީ މުމްބާއީ، ދިއްލީ އަދި ކަލްކަތާގައެވެ.
މި ސެންޓަރު ތަކުގައި މާޝަލް އާޓްސް އަދި ކަރާޓީ ވެސް ދަސްކޮށްދޭނެ ކަމަށްވެއެވެ. އަދި އެކި ކޯސްތައް ފުރިހަމަ ކުރުމުން ބިޕާޝާގެ ހާއްސަ ސެޝަނެއްވެސް ނަގައިދޭނެ ކަމަށް ވެއެވެ.
ސެންޓަރުތަކާ ބެހޭ ގޮތުން ބިޕާޝާ ބުނީ އަންހެނުންނަށް ސެލްފް ޑިފެންސް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ސިއްހަތަށް އިސްކަންދޭ ގޮތަށް އަމިއްލަ ހަށިގަނޑު ރައްކާތެރިކުރަންވެސް އަމިއްލައަށް އެނގެން ޖެހޭ ކަމަށެވެ.
މި ސެންޓަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ބިޕާޝާގެ ވަރަށް ބޮޑު އެދުމެކެވެ.