ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބާއްވައިދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭގެ) ނަމުގައި ޓްވީޓު ކޮށްފައި ވަނީ ފޭކް އެކައުންޓަކުން ކަމަށް އެފަރާތުން ބުނެފި އެވެ.
ޑީޖޭއޭ ގެ އަސްލު ޓްވީޓަރ އެކައުންޓު ކަމަށް ވާ “@judiciarymv”އިން މިއަދު ކުރި ޓްވީޓެއްގައި “djajudiciary”ނަމަކަށް ކިޔާ ޓްވީޓަރ އެކައުންޓެއްގެ ސްކްރީން ޝޮޓެއް ވަނީ އެޓޭޗް ކޮށްފަ އެވެ. ރިޔާސީ އިންތިޚާބުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނީ ޑީޖޭއޭގެ ޓްވީޓުގައި އެޓޭޗް ކޮށްފައިވާ ޓްވީޓާ އެކައުންޓުންނެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ކޮށްފައިވާ އެ ޓްވީޓު ވަނީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައުރުވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވެސް ވަނީ އެ ގޮތަށް ރިޕޯޓުކޮށްފަ އެވެ.