މުހައްމަދު އައުޒަމް
ހުޅުލޭ ކުނިގޮނޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ވަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިފައި ވަނީ އެއާޕޯޓުގެ ބާޓަވަރުގެ ދެކުނުން އޮންނަ ކުނި ގޮނޑެއްގައި ރޯވެގެންނެވެ.
އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. ރޯވެފައިވާ އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ 12:10 އެހާ އިރު އެވެ.
އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ އެއާޕޯޓް ފަޔަރ އެންޑް ރެސްކިއު ޓީމުންނެވެ.