ފެޝަން

މަލައިކާގެ މި ގޯލްޑް ޝިއަރ ހެދުން ދުށިންތަ؟

ރިއަލިޓީ ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް" ގެ ޝޫޓިން އަށް މަލައިކާ އަރޯރާ ލައިގެން އައި ގޯލްޑް ޝިއަރ ހެދުން ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައެވެ.

ޗާބަލް ކަރަމް ޑިޒައިންގެ މި ހެދުމުގައި ހުރި އިރު މަލައިކާގެ ރީތިކަމަށް އެންމެން ތައުރީފު ކުރިއެވެ. މަލައިކާ އަކީ ޝޯގެ ޖަޖެކެވެ. އޭނާ އާ އެކީ ކަރަން ޖޯހަރް އާއި ކިރަން ކޭރުވެސް ޝޯގައި ޖަޖުކަން ކުރާނެ އެވެ.

ހެދުމުގައި އެމްބްރޮއިޑަރޑް މޮޓިފްސް އަދި ޓެސެލް ޑީޓެއިލްސް އުނަގަނޑާއި ހެމްލައިން ގައި ހިމެނެއެވެ. އަދި ގޯލްޑް ކުލައިގެ ސްޓްރެޕް ހީލް އަކާއި އެލޭ ގޯލްޑް ކަންފަތުލާ އެތިން ހެދުމުގެ ފުރިހަމަކަން އިތުރުކޮށްދެ އެވެ.

މި ހެދުމާ އެކީ މަލައިކާ ކޮށްފައިވަނީ މިނިމަލް ބްރޮންޒްޑް ހިއުޑް މޭކަޕެކެވެ. ނޫޑް ލިޕްސް، ސްމޯކީ އައިސް އަދި މަސްކަރާ އާއި ލޭޑަން ލޭޝަޝްއެވެ. މިހެދުމުގެ ފޮޓޯ ވަނީ ވައިރަލްވެގެން ގޮސްފައެވެ.

މާ ގިނަ ފިލްމް ތަކެއްގައި މަލައިކާ މިދުވަސްކޮޅު ނޫޅުނު ނަމަވެސް އިންޑިއާސް ގޮތް ޓެލެންޓް ޝޯގެ އިތުރުން، "ނެސްޓް ޓޮޕް މޮޑެލް" ގައިވެސް ޖަޖެއްގެ ގޮތުގައި ހަރަކާތްތެރި ވެއެވެ. އަދި ދާދި ފަހުން ބަތަލު އަރްޖުން ކަޕޫރު އާއި އޭނާގެ ކޮއްކޮ ޖާންވީ ކަޕޫރު އާއި އެކު ފެޝަން ޝޯއަކަށް ގޮސް އުޅެނިކޮށް ވެސް މަލައިކާ ވަނީ ފެނިފައެވެ.