ބޮލީވުޑް

ކޫލީ ނަންބަރު ވަންގައި ވަރުން އާއި ސާރާ

މަގްބޫލު ފިލްމު ކޫލީ ނަންބަރު ވަންގެ ރީމޭކެއް ހެދުމަށް 25 އަހަރު ފަހުން އެ ފިލްމުގެ ޕްރޮޑިއުސަރުން ނިންމައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ޑޭވިޑް ދަވާން އަދި ވަޝޫ ބަގްނަނީ ނެރުނު ބަޔާނެއްގައިވާ ބުނެފައިވާ ގޮތުގައި ކޮމެޑީ ފިލްމް ކޫލީ ނަންބަރު ވަންގެ ރީމޭކެއް ހެދުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އަދި ފިލްމުގެ ތަރިންގެ ގޮތުގައި ވަރުން ދަވަން އާއި ސާރާ އަލީ ޚާން ފެނިގެން ދާނެ ކަމަށާއި ފިލްމުގެ ޝޫޓިން އޮގަސްޓް މަހު ފެެށޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މިއީ ވަރުން އަދި އޭނާގެ ބައްފަ ޑޭވިޑް އެކީގައި މަސައްކަތް ކުރާނެ ދެވަނަ ފިލްމެކެވެ. މީގެ ކުރިންވެސް ޑޭވިޑް ވަނީ ކުރީގެ މަގުބޫލު ފިލްމް ޖުޅްވާގެ ދެވަނަ ބައެއް އުފައްދައި އެ ފިލްމުގެ ބަތަލުގެ ބައިން ވަރުންއަށް ޖާގަ ދީފައެވެ.