މިނިސްޓަރު އައިމިނަތު އާތިފާ

އައްޑޫސިޓީގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކުގެ ހާލަތު ހައުސިން މިނިސްޓަރ ބައްލަވާލައްވައިފި

އައްޑޫސިޓީގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކުގެ ހާލަތު ހައުސިން މިނިސްޓަރު ބައްލަވާލައްވައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، މިނިސްޓަރ އޮފް ހައުންސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް އާމިނަތު އާތިފާ މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސ. ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ ފުލެޓުތަކާއި، ސ.ހުޅުދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރުމުގެ ކުރީން އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިނިސްޓަރ އާތިފާވަނީ ސ. ފޭދޫ ރޯހައުސްތައް ބައްލަވައިލައްވައި އެރޯހައުސްތަކުގެ ވެރިންގެ ވާހަކަތައް އަޑުއައްސަވައިފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުޅުގައި، މިނިސްޓަރ އާތިފާ ސ. ހުޅުދޫ ކޯޕަރޭޓިވް ސޮސައިޓީއަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމުގެ އިތުރުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައި ހައުސިންގްއާ ގުޅޭ ކަންކަމާ މަޝްވަރާކުރައްވާފައި ކަމަށެވެ.

މި ދަތުރަކީ މިނިސްޓަރ އާތިފާ އައްޑޫ ސިޓީއަށް މިމަހުގެ 24 އިން 25، އަށް ކުރައްވާ ދަތުރުފުޅެކެވެ.