ރީކޯ މޫސާ މަނިކް

އެމްޑީޕީއަކީ އަޅުގަނޑުގެ ސިޔާސީ ހިތް، އެމްޑީޕީ ދެކެ ވަރަށް ލޯބިވޭ: މޫސަ

މަރިޔަމް ޝަހުދާ

3

އެމްޑީޕީ އަކީ ސިޔާސީ ހިތް ކަމަށާއި އަބަދުވެސް އެޕާޓީ ދެކެ ލޯބިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު(ރީކޯ) ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ އޭނާ އެމްޑީޕީ ދޫކޮށް ނުލައްވާކަމަށެވެ. ނަމަވެސް އެމްޑީޕީން އޭނާ ކަނޑާލީ ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީ އިން ބޭރުކުރާވަރުގެ ކަމެއް ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ 2014 ވަނަ އަހަރު އެމްޑީޕީ ރެލީއެއްގައި ވެރިކަމަށް ކުރިމަތިލާން ބޭނުން ކަމަށް ވިދާޅުވި ކަމަށެވެ. އެމްޑީޕީ އަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ވާހިނދު ޕާޓީގައި ހުރެ ވެރިކަމަށް ކުރިމަތިލާން ބޭނުމޭ ބުނުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް އެހެން ވިދާޅުވެގެން އޭރު އެއީ ވަރަށް ބޮޑު މައްސަލައަކަށް ވި ކަމަށް މޫސަ ވިދާޅުވި އެވެ.

އެ މައްސަލަ ދިމާވެފައި ވަނިކޮށް މަޖިލީހަށް އެމްޑީޕީން ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަށް ލީމައްސަލަ މަޖިލީހުން ބަލައިގަނެފައި ވަނިކޮށް ކުރީގެ ރައީސް ނަޝީދު އެ ބިލަށް ވޯޓު ނުލުމަށް އެދުން ކަމަށާއި، އެ ބިލަށް ވޯޓު ނުލުމަށް ވިޕް ލައިނެއް ލިބުނު ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މައްސަލަ ޖެހުނީ ވޯޓަށް އެހި ވަގުތު އެތަނަށް ނުވަނުމުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އެގޮތުން މޫސައާއެކު އިތުރު ހަ މެންބަރުން އެދުވަހު ވޯޓު ލުމަށް މަޖިލީހަށް ނުވަންނަކަމަށާއި، އެ ހަ މެންބަރުން މާފަށް އެދުމަށް ޕާޓީއިން އެންގި ކަމަށާއި އެކަމަކު މޫސަ ޕާޓީން ކަނޑާލީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟