ޓެކްނޮލޮޖީ

ޒިއާއޯމީ ރެޑްމީ ވައި3 އިންޑިއާގައި ލޯންޗުކޮށްފި

މުހައްމަދު އައުޒަމް

ޒިއާއޯމީ ރެޑްމީ ވައި3 އިންޑިއާގައި ލޯންޗުކޮށްފިއެވެ.

32 މެގަޕިކްސެލް ބާރުގަދަ ސެލްފީ ކެމެރާ އަކުލެވޭ މި ފޯން ލޯންޗުކުރި އިރު، މިއީ އިންޑިއާގައި މި ފެންވަރުގެ ފޯނެއް އެންމެ ހެޔޮ އަގުގައި ލިބޭނެ ފޯން ކަމަށް މައުލޫމާތު ލިބެއެވެ.

ޒިއާއޯމީ ރެޑްމީ ވައި3ގެ ފޯންގެ ބެޓަރީވެސް އެހެން ފޯންތަކަށްވުރެ ކޮލިޓީވެފައި ގިނަ ވަގުތު ޗާޖު ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެއެވެ. އަދި ފަހުގެ ޓެކްނޮލޮޖީގެ ކެމެރާއެއްވެސް މި ފޯނުގައި އެކުލެވޭ ކަމަށް ޒިއާއޯމީ އިން ބުނެއެވެ.

ޒިއާއޯމީ ރެޑްމީ ވައި3 ފޯނުގައި 5.99 އިންޗި 18:9 ރޭޝިއޯގެ ޑިސްޕްލޭއެއް ހިމެނެއެވެ. އަދި ވަރުގަދަ ޕޮރޮސެސަރެއްގެ އިތުރުން 4 ޖީބީ ރެމްއެއް ވެސް މި ފޯނުގައި ހިމެނެއެވެ. 64 ޖީބީ އިންޓާނަލް މެމޮރީ މިފޯނުގައި ހިމެނެއެވެ. އަދި ފަހުގެ ފޯނުތަކުގައި ހިމެނޭ ފިންގަރ ޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ފީޗާ ވެސް މި ފޯނުގައި ހުރެއެވެ.