އެޕަލް އެޕަލް ވިޝަން ޕްރޯ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެޕަލް ސްޓޯރު ތަކުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެޕަލް ސުޓޯރު ހުރި ހުރިހާ ގައުމުތަކުން ވެސް މި އީޖާދީ އުފެއްދުން ލިބޭނެ ކަމަށާއި އަދި އެޕަލް ސްޓޯރުން އޮންލައިންކޮށް ލިބެން ހުންނާނެ ކަންވެސް ވަނީ އިއުލާން ކޮށްފައެވެ.
ވިޝަން ޕްރޯ އަކީ މީހުން މަސައްކަތްކުރާ ގޮތާއި، އެއްބާރުލުންދޭ ގޮތާއި، ގުޅޭ ގޮތާއި، މުނިފޫހިފިލުވުމުގެ އުފާތައް ބަދަލުކޮށްދޭ އިންގިލާބީ ސްޕޭޝަލް ކޮމްޕިއުޓަރެކެވެ.
ވިޝަން ޕްރޯއިން ޑިޖިޓަލް ކޮންޓެންޓް ފިޒިކަލް ދުނިޔެއާ އެއްވެސް ދަތިކަމެއް ނެތި ގުޅުވައިދީ، ވިޝަންއޯއެސްގައި ވަރުގަދަ ސްޕޭޝަލް ތަޖުރިބާތައް ހުޅުވާލަ އެވެ. މުޅިން އައު އެޕް ސްޓޯރެއްގެ ސަބަބުން އައިއޯއެސް އަދި އައިޕެޑްއޯއެސްގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ކޮމްޕެޓިބަލް އެޕްތަކުގެ އިތުރުން ވިޝަން ޕްރޯގެ ތަފާތު ކެޕޭސިޓީތަކުގެ ފައިދާ ނަގައިގެން އާ ތަޖުރިބާތަކެއް މި އުފެއްދުމުގެ ތެރެއިން ލިބިގެންދެ އެވެ. އެޕަލް ވިޝަން ޕްރޯގެ ޕްރީ އޯޑަރު ފެށެނީ ޖެނުއަރީ 19 ވާ ހުކުރު ދުވަހުގެ ހެނދުނު 5 ޖަހާއިރު އެވެ.
އެޕަލްގެ ސީއީއޯ ޓިމް ކޫކް ބުނާގޮތުން އެޕަލް ވިޝަން ޕްރޯ އަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ޒަމާނީ ކޮންސިއުމާ އިލެކްޓްރޯނިކްސް ޑިވައިސް އެވެ. އޭގެ އިންގިލާބީ އަދި އަޖައިބު ކުރުވަނިވި ޔޫޒާ އިންޓަފޭސް އިން އަޅުގަނޑުމެން ގުޅިގެން އުޅޭ ގޮތާއި، އުފެއްދުމާއި، އެކްސްޕްލޯ ކުރާނެ ގޮތް އަލުން އައު ގޮތަކަށް ކަނޑައެޅޭނެ ކަމަށާއި ދުނިޔެއަށް މުޅިން އައު އިންގިލާބީ އޮޕަރޭޓިން ސިސްޓަމަކާއި ޔޫޒާ އިންޓަފޭހެއް މި އުފެއްދުމުގެ ސަބަބުން ލިބިގެންދާނެ ކަމަށްވެސް އެޕަލްގެ ސީއީއޯ ދެކެއެވެ. އެޕަލް ވިޝަން ޕްރޯ އަކީ މެކްއޯއެސް، އައިއޯއެސް، އަދި އައިޕެޑްއޯއެސްގައި ދިގު ޒަމާންތަކެއް ވަންދެން އިންޖިނިއަރިން އިނޮވޭޝަންގެ މައްޗަށް ބިނާކޮށްފައިވާ ވިޝަންއޯއެސް އިން އުފައްދާފައިވާ ވަރަށް ތަފާތު ޕްރޯ އޯއެސް އެކެވެ.
ވިޝަން އޯއެސް އިން ވަރުގަދަ ސްޕޭޝަލް ތަޖުރިބާތަކެއް ފޯރުކޮށްދީ، މަސައްކަތާއި ގޭތެރޭ ދިރިއުޅުމާއި އާންމު ދިރިއުޅުން ގުޅުވައިދޭ އާ ފުރުސަތުތައް ހުޅުވާލަ އެވެ. މުޅިން އައު ތިން ޑިމޭންޝަނަލް ޔޫޒާ އިންޓަފޭސް އާއި އިންޕުޓް ސިސްޓަމެއް މުޅިން ޔޫޒަރެއްގެ ލޮލާއި އަތާއި އަޑުން ކޮންޓްރޯލް ކުރެވޭ މި ނެވިގޭޝަންގެ ސަބަބުން އަޖައިބު ކުރުވަނިވި އިހުސާސް ތަކެއް ކުރެވެ އެވެ.
އިންޓިއުޓިވް ޖެޝަސްގެ ސަބަބުން އެޕްތަކާ މުއާމަލާތް ކުރެވޭނީ ހަމައެކަނި އެޕްތަކަށް ބަލައިލުމާއި، ސެލެކްޓް ކުރުމަށް އިނގިލި ޖައްސާލުމާއި، ސްކްރޯލް ކުރުމަށް އަތްތިލަ ފިއްތާލުމާއި ނުވަތަ ޓައިޕް ކުރުމަށް ވާޗުއަލް ކީބޯޑެއް ނުވަތަ ޑިކްޓޭޝަން ބޭނުންކޮށްގެންނެވެ. ސިރީއާއެކު ޔޫޒަރުންނަށް އަވަހަށް އެޕްތައް ހުޅުވޭ ނުވަތަ ބަންދުކުރެވޭނެ، ގޮތް ހަދާފައިވާ މި މަސްނޫއީ އުފެއްދުމާ އެކު ވީޑިއޯ އަދި އެނޫންވެސް މީޑިއާތައް ބޭނުންކޮށްގެން އައު އެތަކެއް ކަމެއް ކުރެވޭނެ އެވެ.