ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުކުރުމާއެކު، ކައުންސިލް ތަކަށް މާލީ މަންފާ ހޯދުމަށް ކުންފުނި އުފައްދައިގެން ހިންގުމުގެ ބާރު ދިނުމަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. ނަމަވެސް ރޮޒެއިނާ ވަޑައިގެން ނެތުމުން މަޖިލީހުގެ ތަޅުމުގައި މި ބިލު ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.
މި ބިލުގައި ކައުންސިލްތަކުން ވިޔަފާރި ކުރުމަށްޓަކައި ލޯކަލް އޮތޯރިޓީ، ކުންފުނީގެ ނަމުގައި، ކުންފުނި އުފައްދައި ހިންގޭނެއެވެ. އަދި ދައުލަތަށް ލިބޭ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް ދޭން ޖެހޭ ގޮތަށްވެސް އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
ބިލުގައި ކައުންސިލްތައް ހިންގުމުގައި އަންހެން ބޭފުޅުންގެ ހިއްސާ ހިމެނުމަށް އިސްކަމެއްވަނީ ދީފައެވެ. އެގޮތުން، ކައުންސިލްތަކަށް އިންތިހާބު ކުރެވޭ، މެންބަރުންގެ ތެެރެއިން 33 ޕަސެންޓް ހާއްސަކުރަންވާނީ އަންހެނުންނަށް ކަމަށް ވަނީ ހިމަނައިފައެވެ. އަދި އަންހެނުންގެ ކޮމެޓީތަކަށް އުޖޫރަ ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައި ކައުންސިލްތަކުގެ އިދާރީ އިސް މުވައްޒަފުން ކަނޑައެޅުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މއިަދު ނިމިފައިވާއިރު ބިލް ބައލިގަތުމަށް މިއަދު ވޯޓަށް އަހާނެއެވެ.