ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާ ބޯޓެއް ވެލާނާ އެއާޕޯޓުގައި ޖައްސައިފި

1

އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާ ބޯޓެއް ވެލާނާ އެއާޕޯޓުގައި ޖެއްސިކަން އެމްއެންޑީއެފް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މަތިންދާ ބޯޓު އައި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކުން ހުއްދަ ނަގައިގެން އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެ އައިސްފައިވާ ކަމަށާއި އެ މަތިންދާ ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައިވަނީ ޑިޕްލޮމެޓިކް ކްލިއަރެންސް ދީގެން ކަމަށެވެ. އަދި އެ އަސްކަރީ މަތިންދާ ބޯޓު ޖެއްސީ މިމަހުގެ އަށްވަނަ ދުވަހު ތެޔޮ އެޅުމަށް ޖެއްސި ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށް ސްޕެއާ ހިފައިގެން އައި ފްލައިޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު ލޭންޑް ކުރި ފްލައިޓަކީ 8 އޮކްޓޯބަރުގައި އޮއިލް ރީފިލްއަށް ލޭންޑްކުރި ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ގްރައުންޑް ވެފައި އޮތް، ފްލައިޓް ރަނގަޅު ކުރުމަށް ސްޕެއާ ހިފައިގެން އައި ފްލައިޓެއް. 8 އޮކްޓޯބަރުގައި ލޭކްޑް ކުރި އަސްކަރީ ފްލައިޓަކީ އިންޑޮނޭޝިއާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި ފްލައިޓެއް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގެ އަސްކަރީ މަތިންދާ ބޯޓެއް ވެލާނާ އިންޓިނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ޖެއްސި ކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދިޔަ އިރު، އެ މަތިންދާ ބޯޓުގެ ފޮޓޯތައް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟