އިންޑިއާ

އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ މަރުހަލާ ފެށިއްޖެ

މަރިޔަމް ޝަހުދާ

އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ މަރުހަލާގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ.

މި އިންތިހާބަކީ މިމަހު 11 އިން ފެށިގެން އަންނަ މެއި މަހު 19 އަށް، 7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންތިހާބެކެވެ. އެގޮތުން މިއަދު ކުރިއަށްދާ އިންތިހާބުގެ ތިންވަނަ މަރުހަލާގައި އިންޑިއާގެ މަޖިލީހުގެ ތިރިގެ (ލޮކްސަބާ)ގެ 543 ގޮނޑިގެ ތެރެއިން 13 ސްޓޭޓަކުން 117 ގޮނޑިއަށް މެންބަރުން ހޮވުމަށް ވޯޓު ލާނެއެވެ.

އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖްރާތް ސްޓޭޓްގެ އިތުރުން އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީ ކުރިމަތި ލައްވާ ސަދަން ކެރެލާގައި ވެސް ވޯޓުލުން ކުރިޔަށް ދާނީ މިއަދު އެވެ. އިންތިހާބުގެ މި މަރުހަލާގައި 188 މިލިއަން މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ވެއެވެ.

މެއި 19ގައި ނިމޭ މި އިންތިހާބުގެ ވޯޓު ގުނުމަށް ހަމަޖެހިފައި ވަނީ މެއި 23 ގައެވެ.