އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހާއްސަ އޮފާތަކެއް ލޯންޗުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އާ އަހަރުގެ އުފާފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަ އޮފާތަކެއް ފަރުމާ ކޮށްފައިވާ ކަމަށެވެ.
އާ އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ހާއްސަ ޑިސްކައުންޓުތަކެއް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފާތައް އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.