ބޮލީވުޑް

މިއަހަރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ފިލްމް ބާރަތްގެ ޓްރެއިލާ ރިލީސްކޮށްފި

ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ފިލްމް ބާރަތް ގެ ޓްރެއިލާ މިއަދު ރިލީސްކޮށްފިއެވެ.

ފިލްމުގެ ޓްރެއިލާގައި ސަލްމާން ފިލްމުގައި ކުޅެފައިވާ ރޯލަށް ވަނީ އަލިއަޅުވާލައިފައެވެ. މީގެ އިތުރުން ސަލްމާންގެ ކެރެކްޓާ ގައުމު ދެކެ ވާ ލޯބި ފިލްމުގައި ފެނިގެން ދެއެވެ.

ޓްރެއިލާއަށް ވަނީ ބޮޑު މަގްބޫލު ކަމެއް ލިބިގެން ގޮސްފައެވެ. ހާއްސަކޮށް ސަލްމާން އަދި ކެޓްރީނާ އެކީ އޮން ސްކްރީންކޮށް ބަލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. ފިލްމުގެ އެހެން ލީޑް ތަރިންގެ ތެރެއިން ދިޝާ ޕަޓާނީ، ސުނިލް ގްރޯވަރު އަދި ޖެކީ ޝްރޮފްވެސް ޓްރިލާއިން ފެނިގެން ދެއެވެ.

ފިލްމުގައި ސަލްމާން ފަސް ލުކެއްގައި ފެނިގެން ދެއެވެ.

ބާރަތް ރިލީސް ކުރަނީ މިއަހަރު ކުޑަ އީދުގައެވެ.