މަގުބޫލު ތަރިން ކަމުގައިވާ އަބީޝެކް ބަޗަން އަދި އައިޝްވަރިޔާ (އައިޝް) ބަޗަން ރާއްޖޭގައި ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު ފުރައިފިއެވެ.
އައިޝް އަދި އަބީޝެކް ރާއްޖެ އައިސްފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. އެ ދެމަފިރިންނާއެކު އަންހެން ދަރިފުޅު އަރާދްޔާވެސް ވަނީ ރާއްޖެއައިސްފައެވެ.
ދެމަފިރިން ރާއްޖެ އައިސްފައިވަނީ ކައިވެނީގެ 12 ވަނަ އެނަވާސިރީ ފާހަގަކުރުމަށެވެ. އަބީޝެކް އަދި އައިޝްވަރިޔާވެސް ވަނީ ރާއްޖޭގައި ހޭދަކުރި ވަގުތުތައް މީސް މީޑިއާގައި ފޭނުންނާ ހިއްސާކޮށްފައެވެ. ދެމަފިރިން ތިބީ ނިޔާމަ އައިލެންޑް ރިސޯޓުގައެވެ.
އެނިވާސިރީ ދުވަހު އަބީޝެކް ވަނީ އައިޝްގެ އެކަނި ހުރި ވަރަށް ރީތި ފޮޓޯއެއް ހިއްސާކޮށް އޭނާއަށް ތައުރީފުކޮށްފައެވެ. އައިޝް އަދި އަންހެން ދަރިފުޅު އަރާދްޔާ ޕޫލުގައި ތިއްބާ ނަގާފައިވާ ފޮޓޯއެއްވެސް އަބީޝެކް ވަނީ ހިއްސާކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ބައެއް ފޮޓޯތައް ދެތަރިންވެސް ވަނީ ހިއްސާކޮށްފައެވެ.
އަބީޝެކް އަދި އައިޝް ކައިވެނި ކޮށްފައިވަނީ 20 އޭޕްރިލް 2007 ގައެވެ.
އަބީޝެކް އަދި އައިޝް މީގެ ކުރިންވެސް ވަނީ ބަޗަން އާއިލާ އާއެކު ދެފަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ. ރާއްޖެ އަކީ ބޮލީވުޑްގެ ތަރީންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.