ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އަންހެނަކު ފެނުމަކީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް: ޝިދާތާ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަގުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ދެ މެންބަރުންނަށް ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެންނަން ވެސް ބައެއް ފަރާތްތަކުން އަންނަނީ ކެމްޕޭން ކުރަމުންނެވެ.