އޭޑީކޭ ހޮސްޕިޓަލް

ފައިފުހޭ މިސްކިތުގެ ދެވަނަ ބުރިން ވެއްޓުނު އެސްޓީއޯގެ އިސްވެރިއަކަށް އައިސީޔޫގައި ފަރުވާދެނީ

ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވާ ފައިފުހޭ މިސްކިތުގެ ދެވަނަ ބުރިން ވެއްޓުނު އެސްޓީއޯގެ އިސްވެރިއަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މުހައްމަދު ޖަމީލު މިސްކިތް ނުވަތަ ކުރީގެ ފައިފުހޭ މިސްކިތުގެ ދެވަނަ ބުރިން ވެއްޓިފައިވަނީ އެސްޓީއޯގެ އައިޓީ ހެޑް މުސްތަފާ އަޒްމީ 41އ، އެވެ. އޭނާއަކީ އައިޓީ މަސައްކަތުގެ އިތުރުން ލަކުޑިން ވެސް ތަފާތު ވައްތަރުގެ ތަކެތި ހަދައިއުޅޭ މީހެކެވެ.

އަޒުމީއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަޒުމީގެ ހާލު ސީރިއަސް ކަމަށެވެ. އެހެންކަމުން އަވަސް ޝިފާއަކަށް އެދި ދުއާކޮށްދިނުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ވެއްޓުމުގެ ސަބަބުން އަޒުމީގެ ބޮލަށާއި ފުއްޕާމެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.