ޕޮލިސް

ފިހާރަ އަކުން 41 ފޯނު ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

މާލޭގައި ހުރި ފޯނު ވިއްކާ ފިހާރައަކުން 41 ފޯނު ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަޖީދީ މަގުގައި ހުރި ފޯނު ވިއްކާ ފިހާރައަކުން ފޯނުތަކެއް ވަގަށްނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ވަގަށްނެގި 41 ފޯނުގެ ތެރެއިން 20 ފޯނު މިހާރު ވަނީ ހޯދައިފައެވެ.