ބޮލީވުޑްގެ މަގުބޫލު ތަރިންކަމުގައިވާ ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރުގެ ދަރި ޓައިމުރް އުފަންވީއްސުރެ ވަނީ ޕަޕަރާޒީ އާއި ފޭނުންގެ ބޮޑު ތަރުހީބު ލިބޭ ކުއްޖަކަށް ވެފައެވެ.
ފިލްމް އިންޑަސްޓްރީގެ ތަރީނަށް ލިބޭ އެޓޭންޝަން އެންމެ ދެ އަހަރުގެ ޓައިމުރަށްވެސް ލިބެއެވެ. އޭނާ ލާ ހެދުމާ ކުރާ ގިނަ ކަންތައްތައް އަންނަނީ މީޑިއާގެ ސަމާލުކަން ހޯދަމުންނެވެ. ފަހަކަށް އައިސް ޓައިމުރްގެ ފަރާތުންވެސް އަންނަނީ ޕަޕަރާޒީންނަށް ސަމާލުކަންދެމުންނެވެ.
ނަމަވެސް މިއީ އޭނާގެ ބައްޕަ ސައިފް އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ސައިފް ވަނީ ޕަޕަރާޒީން ގާތު ޓައިމުރަކީ ތަރިއެއް ނޫން ކަމަށާއި އެއީ ކުޑަ ކުއްޖެއްކަމަށް ބުނެ އޭނާ ކުރާ ކަންތައްތައް އަބަދު ބެލުން ހުއްޓާލަން އެދިފައެވެ.
ޕަޕަރާޒީން އަބަދުހެން ޓައިމުރަށް ފާރަލާތީ މީގެ ކުރިން ކަރީނާވެސް ވަނީ ނުރުހުން ފާޅުކޮށް އެނާގެ ޅަފުރާ ގެއްލިގެންދާކަމަށް ބުނެފައެވެ.