ބޮލީވުޑް

ކޮފީ ވިތް ކަރަންގައި އާލިއާ އަދި ކަރީނާ ލީ ހެދުމުގެ އަގު އެނގޭތަ؟

ކޮފީ ވިތް ކަރަންގެ ސީޒަން 8 ފެށިގެން ކުރިއަށްދާއިރު އެންމެ ފަހުން ފެނިގެންދިޔަ އެޕިސޯޑު ހަަތަރެއްގައި ތަރީންގެ ގޮތުގައި ފެނިފައިވަނީ ބޮލީވުޑް ޑީވާސް ކަމަށްވާ އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ޚާނެވެ.

ދެ ތަރިންވެސް ޝޯގައި ދެއްކި ވާހަކަތައް މީސް މީޑިއާ އަދި މީޑިއާ ތަކުގައި ވައިރަލްވެފައިވާއިރު އެމީހުން ޝޯއަށް ޒީނަތްތެރިވެފައިވާ ގޮތަށްވެސް އަންނަނީ ކޮމެންޓް ކުރަމުންނެވެ.

އެގޮތުން އާލިއާ އަދި ކަރީނާގެ މުޅި އައުޓްފިޓްގެ އަގު (ހެދުން، ގަހަނާ އަދި ފައިވާން ހިމެނޭހެން) 2000 ޑޮލަރަށްވުރެ މަތިކަމަށްވެއެވެ.

ޝޯގައި އާލިއާ ލައިފައިވަނީ ބްރައުން ކުލައިގެ ސީކުއިންޑް ގައުނެކެވެ. ގްލެމް މޭކަޕެއް ކޮށްފައިވާއިރު އޭނާ އެއްވެސް ގަހަނާއެއް އަޅާފައެއްނުވެއެވެ. ހަމައެކަނި އެސަސައިސްޒް ކުރުމަށް ބޭނުންކޮށްފައިވަނީ ޕްލެޓްފޯމް ހީލެކެވެ.

އާލިއާގެ ހެދުމަކީ 16އާލިންގްޓޮން ބްރޭންޑްގެ ހެދުމެކެވެ. އެ ހެދުމުގެ އަގަކީ 1550 ޑޮލަރެވެ. އެއީ 1.28 ލައްކަ އިންޑިއަން ރުޕީސް އެވެ.

އެ ޝޯގައި ކަރީނާ ލައިގެން ހުރީ ހުދުކުލައިގެ އޮފް ޝޯލްޑާ ނެކްލައިން ޓޮޕަކާއި ކަޅުކުލައިގެ މެކްސީ ސްކާޓެކެވެ. ގަހަނާއަކަށް ރަން ކަންފަތުލާއެއްޗެއްވެސް ބޭނުންކޮށްފައިވެއެވެ. މޭކަޕަކަށް ގްލޮސީ ނޫޑް ލިޕްސްޓިކެއް ތުންފަތުގައި ހާކާފައިވެއެވެ، އެ ހެދުމަކީ ސޮލޭސް ލަންޑަން ބްރޭންޑްގެ ހެދުމެކެވެ. އޭގެ އަގު 900 ޑޮލަރު އެއީ 74000 އިންޑިއަން ރުޕީސްއަށް އަރައެވެ.

އާލިއާ އަކީ އާންމުކޮށް ޔޫތުފުލް ފްރެޝް ސްޓައިލެއް ގެންގުޅޭ ތަރިއެކެވެ. ގިނައިން ލަނީ ގަޔަށް ފަސޭހަ ޓްރެންޑީ ހެދުމެވެ. އޭގެ ތެރޭގައި ޖީންސް، ސްޓައިލިޝް ޓޮޕް އަދި ސްނީކާސް ހިމެނެއެވެ.

ކަރީނާއަކީ ސްޓައިލް އައިކޮންއެއްގޮތުގައި ގިނަ ބަޔަކު ދެކޭ ތަރިއެކެވެ. އޭނާ މަގުބޫލުވެފައި އޮންނަނީ ކޮންފިޑެންޓް މީހެއްގެ ގޮތުގައެވެ. އޭނާ ޒީނަތްތެރިވުމުގައި ކިތަންމެ ކެޝުއަލް ލުކެއްގައި ހުއްޓަސް ފެނިގެންދަނީ ވަރަށް ގްލެމެރަސްކޮށެވެ. ކަރީނާ ގިނައިން ފެނިގެންދަނީވެސް އެކި ސްޓައިލްގެ ސްޕޯޓްސް ހެދުމާއި، ޗިކް ޑެނިމް އަދި ޓްރެންޑީ ޓޮޕްސްގައެވެ.

ކޮފީ ވިތް ކަރަން ސީޒަން 8 ސްޓްރީމް ކުރަމުންދަނީ ޑިޒްނީ ހޮޓްސްޓާގައެވެ.