ބޮލީވުޑް ތަރި ރަންބީރު ކަޕޫރުގެ ފިލްމު އެނިމަލްގެ ޓްރެއިލާ ބްރިޖް އަލް ޚަލީފާގައި ދައްކާލައިފިއެވެ.
ޑިސެމްބަރު އެކެއްގައި ރިލީސްކުރަން ހަމަޖައްސާފައިވާ މި ފިލްމުގެ ޕްރޮމޯޝަނަށް ރަންބީރުއާއެކު ފިލްމުގެ ތަރިންކަމުގައިވާ ބޮބީ ޑިއޯލާއި ޕްރޮޑިއުސަރު ބޫޝަން ކުމާރު ވަނީ ދުބާއީއަށް ގޮސްފައެވެ. 60 ސިކުންތުގެ އެ ޓްރެއިލާ ދުނިޔޭގެ އެންމެ އުސްއިމާރާތުގައި ދައްކަމުން ދިޔައިރު ޓީމުން ވަނީ ފޭނުންނާއެކު ވަގުތުހޭދަކޮށްފައެވެ. މި ޓްރެއިލާ ބެލުމަށް ރަންބީރުގެ ގިނަ ފޭނުންނެއް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
ސަންދީޕު ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ ބައްޕަ އާއި ދަރިއެއްގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ރަންބީރުގެ ބައްޕަ ރޯލު ކުޅެފައިވަނީ އަނިލް ކަޕޫރެވެ. ބަތަލާގެ ބައިން ފެނިގެންދާނީ ރަޝްމިކާ މަންދަނާ އެވެ.
ފިލްމު ގްލޯބަލީ ރިލީސްކުރުމަށް ހަމަޖައްސާފައިވަނީ އަންނަމަހު އެކެއްގައެވެ.