އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. މިފަހަރުވެސް އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 20 ލާރި ބޮޑުކޮށްފައެވެ.
އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 12.09 ރުފިޔާއަށެވެ. އެ ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެސްޓީއޯއަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއީ މިއަހަރު އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި ހަވަނަ ފަހަރެވެ.