ދުނިޔޭގެ ތަރިކައިގެ ދުވަހާއި ފަންނުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ސަލްޓަން ޕާކުގައި ބާއްވަން ހަމަޖެހިފައި އޮތް ހަރަކާތްތައް ވިއްސާރަވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
އެ ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށް ވިދާޅުވީ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ޔުމްނާގެ ޓުވީޓުގައި ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ދުވަހާއި ދުނިޔޭގެ ފަންނުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތައް ބާއްވާނެ ތާރީހެއް ފަހުން އަންގައި އިއުލާން ކުރާނެ ކަމަށެވެ.
ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ކުރިން، ބުނެފައިވަނީ "ފަންނުގެ ތެރެއިން ތަރިކަ" ގެ ނަމުގައި މިއަދު ހަވީރު 16:00 އިން 18:00އަށް އަދި ރޭގަނޑު 20:00 އިން 22:00އަށް ސަލްޓަން ޕާކުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއި، ފޮޓާ މައުރަޒަކާއި، ވަގުތުން ކުރެހުމާއި، ދިވެހި މަސައްކަތްތެރިންގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.