ޕޮލިސް

އަލިފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ރ. އަލިފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި މައްސަލައިގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 8:27 ހާއިރު އަލިފުށީ ގެއަކުން 19000ރ. އާއި އެޕަލް ގަޑިއެއް ވަގަށް ނެގި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ މީހާ ހައްޔަރުކޮށް، ވަގަށްނެގި ފައިސާގެ ތެރެއިން 13،500ރ. އާއި ގަޑި ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ހޯދާފައިވަނީ އޭނާ ފައިބަރު މަސައްކަތްކުރާ ތަނުގެ ކައިރީގައި ފޮރުވާފައި ވަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ފުލުހުން ވަނީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.