މުހައްމަދު އައުޒަމް
ސްޕޮޓިފައިގައި އެއްދުވަސްތެރޭ އެންމެ ގިނަ މީހުން ސްޓްރީމް ކުރި އާޓިސްޓަަކަށް ޓޭލާ ސްވިފްޓް ހޮވިއްޖެ އެވެ.
މަޝްހޫރު ސްޓީމިންގ އެޕް ސްޕޮޓިފައި އިން ވަނީ މިހާނަތަށް ސްޕޮޓިފައިގައި އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން ސްޓްރީމްކޮށްފައި ވަނީ ޓޭލާ ސްވިފްޓް ކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
ޓޭލާ ސްވިފްޓް މިފަހަރު މުގުރާލި ރެކޯޑް މީގެ ކުރިން ވެސް ހަދާފައި ވަނީ އޭނާ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ވެސް ޓޭލާ ސްވިފްޓް ވަނީ ސްޕޮޓިފައިގައި އެންމެ ގިނަ މީހުން ސްޓްރީމް ކުރި ރެކޯޑު ގާއިމް ކޮށްފައެވެ.
ޓޭލާ ސްވިފްޓް ވަނީ މިއުޒިކް އިންޑަސްޓްރީގައި މިއަހަރު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ މިއަހަރު ފަށާފައިވާ ކޮންސާޓް ފިލްމް އިން ވަނީ ރެކޯޑު އަދަދަކަށް ހިޓް ވެފައެވެ.