ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން 24 ދަރިވަރަކަށް ސްކޮލަޝިޕް ދީފިއެވެ.
މިއަދު ހެނދުނު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕޯސްޓް ގްރެޖުއޭޓް އަދި އަންޑަ ގްރެޖުއެޓް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ވަނީ ސްކޮލަޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެއީ މުޅިން ހިލޭ ކިޔެވޭ ސްކޮލަޝިޕާއި، ޓިއުޝަން ފީ ސްޕޮންސާކޮށްފައިވާ ފުރުސަތުތަކެވެ.
އަންޑަ ގްރެޖުއޭޓަށް ކިޔަވަމުން އަންނަ 20 ދަރިވަރަކަށް ހިލޭ ޓިއުޝަން ފީ ލިބޭ ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްދިނީ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފެވެ. އަދި ޕޯސްޓް ގްރެޖުއޭޓަށް ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކަށް ފުލް ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ ހަޔާ އެޑިއުކޭޝަންގެ ނައިބު އައިޝަތު ޝަފިނާއެވެ.
މި ސެމިސްޓާގައި ހުޅުވާލި ސްކޮލަޝިޕަށް 117 ދަރިވަރުން ކުރިމަތިލިއިރު އޭގެ ތެރެއިން ސްކޮލަޝިިޕް ދީފައި ވަނީ، ފުރަތަމަ ސެމިސްޓާއަށް އަލަށް ވަން ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބުނެއެވެ.