ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިއަމުރުތަކާ ގުޅިގެން ހޯދަމުން އަންނަނީ ސ. ހިތަދޫ، ޅަރީތިގެ، އުމުރުން 43 އަހަރުގެ މުހައްމަދު ޝާހު ހަސަނާއި ކ.މާލެ، މ. ނަލަރީތިގެ، އުމުރުން 53 އަހަރުގެ މޫސާ އިބްރާހީމެވެ.
މުހައްމަދު ޝާހް ހަސަން ހޯދަމުން އަންނަނީ ސިވިލް ކޯޓުން ދައުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެޕްރީލް 21 ވަނަ ދުވަހުގެ 11:00އަށް ސިވިލްކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ. މޫސާ އިބްރާހީމް ހޯދަމުން އަންނަނީ ސިވިލް ކޯޓުން ދައުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެޕްރީލް 22 ވަނަ ދުވަހުގެ 09:30އަށް ސިވިލްކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ފުލުހުން ބުނީ މިމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.