ބޮލީވުޑް

ފްލޮޕް ބަތަލާއެއްކަމަށް ދެކެވޭ ވާހަކައަށް ސޯނަމް ރައްދުދީޕި

ފެޝަނަަށް ބެލިކަމުގައި ވިއަސް ނުވަތަ ލީޑް ރޯލުތަކަށް ބެލި ކަމުގައި ވިއަސް ސޯނަމް ކަޕޫރަކީ ބޮލީވުޑްގެ އެންމެ މަގްބޫލު ތަރިންގެ ތެރޭގައި ގުނާ ލެވޭ އެއް ތަރިއެވެ.

ސޯނަމް އަކީ ހިތުގައި އޮންނަ އެއްޗެއް ހާމަކޮށް އެކި ކަހަަލަ ބޮޑެތި މައްސަލަތަކަށް އަބަދުވެސް ބަސްބުނާ ބަތަލާއެކެވެ.

އެންމެ ފަހުން ސޯނަމް ކުޅެފައިވާ ފިލްމަކީ "އެކް ލަޅްކީކޯ ދޭކާތޯ އޭސާލަގާ" އެވެ. އެ ފިލްމުގައި ސޯނަމްގެ ބައްޕަ އަނިލް ކަޕޫރުވެސް ލީޑް ރޯލުން ފެނިގެންދެއެވެ. ފިލްމުވަނީ މޮޅެތި ފިލްމުތަކުގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.

ނަމަވެސް އަރްބާޒާއާއެކު ސޯނަމް އެރި ޗެޓް ޝޯއަކުން ވަނީ އޭނާ އަކީ ފްލޮޕް ތަރިއެއް ކަމަށް ބައެއް މީހުން ބުނާ ކަމަަށް ބުނެ ސުވާލު އުފައްދައިފައެވެ.

އެއަށް ސޯނަމް ވަނީ ޝޯގައި ޖަވާބު ދީފައެވެ. ސޯނަމް ބުނި ގޮތުގައި އޭނާގެ އެންމެ ފަހުގެ ފްލޮޕް ފިލްމެއް އޭނާއަކަށްވެސް ހަނދާނެއް ނުވެއެވެ. އަދި މީގެ ހަތް އަހަރު ކުރިން މާ މޮޅެތި ފިލްމުތަކެއް ކުޅެވިފައި ނުވާކަމަށެވެ. ސޯނަމް އިތުރަށް ބުނި ގޮތުގައި ފިލްމު ރާންޖަނާ އަށް ފަހު އޭނާ ކުޅުނު ފިލްމުތައް ވަނީ ކުރިއަރައިގެން ގޮސްފައެވެ. ނަމަވެސް ހުރިހާ އިރެއްގައިވެސް ފޭނުންނަށް އޭނާގެ އެކްޓުކުރުން ކަމުދާ ކަމަށް ސޯނަމް ވަނީ ބުނެފައެވެ. އެއީ ފިލްމު ރަނގަޅު ނޫނަސްމެއެވެ.

ޓުވިޓަރުގައި އެއް މިލިއަން ފްލޮވާސް ތިބޭ އިރު އެންމެންގެ ކޮމެންޓްތަަކަށް މުހާތަބު ނުކުރެވޭނެ ކަމަށްވެސް ސޯނަމް ވަނީ ބުނެފައެވެ. އަދި މި ދުނިޔެއަކީ މީހަކު ކުރިއަރައިގެން ދާކަމަށް ވާނަމަ އެއަށް ހަސަދަވެރިވާ އެތައް ބަޔަކު އުޅޭ ތަނެއް ކަމަށާއި އޭނާގެ އެންމެ ބޮޑު ކުރިއެރުމަކީ ދުއާ ކަމުގައި ފާހަގަކުރިއެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެންނާނީ "ދަ ޒޯޔާ ފެކްޓާ"އިންނެވެ. އަބީޝެކް ޝަރުމާ ޑައިރެކްޓް ކުރާ އެފިލްމުގައި ލީޑް ބަތަލުގެ ރޯލުން ފެނިގެން ދާނީ ދުލްގަރު ސަލްމާންއެވެ.