ބީއެމްއެލްއާ ގުޅިގެން މޯލްޑިވްސް ގޭހުން ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
ބީއެމްއެލްއާ ގުޅިގެން މޯލްޑިވްސް ގޭހުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި، ބީއެމްއެލް މޯބައިލް ޕޭ އިން، މޯލްޑިވްސް ގޭހަށް ފައިސާ ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި އަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މަހުގެ 15 އިން އަންނަ ޖޫން މަހުގެ 15ގެ ނިޔަލަށް ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށާއި، ގުރުއަތުން ފަސް ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ގޭހުން ބުންޏެވެ.