ޕޮލިސް

ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފޮނަދޫގައި ކުރިއަށް ގެންގޮސްފި

ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ކުޑަކުދިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެ އެވެ.

ފޮނަދޫ އަރަފާ ޕްރީ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ވަނީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން އެކުދިންގެ އުމުރާއި ގުޅޭގޮތަށް، ފުލުހުންނަކީ ކޮބައިކަމާއި، މުޖްތަމައުގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ކިޔައިދީފައެވެ. އަދި ހަމައެހެންމެ، ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެދަރިވަރުންގެ ބައިވެރިވުމާއެކު ފުލުހުން ވަނީ ކުޅިވަރު ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމްގައި އަރަފާ ޕްރީ ސްކޫލްގެ 35 ދަރިވަރުންނާއި އެދަރިވަރުންގެ ޓީޗަރުން ވެސް ވަނީ ބައިވެރިވެފައި އެވެ.