މުނިފޫހިފިލުވުން

ޕަރިނީތީ ރާއްޖޭގައި، މިއީ އަދި ހަނީމޫނެއް ނޫން

އައިޝަތު އަފްޝަން

ބޮލީވުޑުގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

ޕަރިނީތީ ރާއްޖެ އައީ އިއްޔެއެވެ. އޭނާގެ އިންސްޓަގްރާމްގައި އޭނާގެ ދަތުރުގެ ފޮޓޯތައް ހިއްސާކުރަމުންދާ އިރު، ހުރިހާ ފޮޓޯއެއްގައިވެސް ބުނަމުން ދަނީ މިއީ އޭނާގެ ހަނީމޫނު ނޫން ކަމަށެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އޭނާގެ އަންހެން ރަހުމަތްތެރިންނާ އެކު އައި "ގާލްސް ޓްރިޕް" އެކެވެ. އަދި އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައިވެސް އެހެން ބުނެފައިވެއެވެ.

މި ދަތުރު އޭނާ އައިސްފައި ވަނީ ފަހަރިއާއެކުގައެވެ. އަދި އޭނާގެ ފަހަރު ނަގާފައިވާ ފޮޓޯއެއްވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވެއެވެ.

އޭނާ ހިއްސާކުރާ އެ ދަތުރުގެ ހުރިހާ ފޮޓޯއެއްގައި މިއީ އޭނާގެ ހަނީމޫން ނޫން ކަމަށް ޖަހާފައިވަނީ އޭނާ ވަރަށް ފަހުން ކައިވެނި ކުރުމުން، މި ދަތުރަކީ ހަނީމޫނު ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެތީއެވެ.

ޕަރިނީތީ އާއި އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ރާގަވް ޗައްޑާ ކައިވެނި ކުރީ މިދިޔަ މަހުގެ 24ގައި ރާޖަސްތާނުގައެވެ. އަދި ކައިވެނި ހަފުލާގެ ކުރިން ސަގާފީ އެހެން ހަފުލާތައްވެސް ބާއްވާފައިވެއެވެ.