ގޭގައި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ސްމާޓު ޕޮޓެއް ކާމިޔާބު ކުރެވޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.
އުރީދޫއިން އެ ޕްރޮމޯޝަން ފަށާފައި ވަނީ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެންނެވެ. 2020 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކުވެސް ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ސްމާޓު ޕޮޓު ހޯދުމަށް ހިއްސާކުރަން ޖެހެނީ ގޭގައި ހައްދާފައިވާ ގަހެއްގެ ފޮޓޯއެކެވެ. އަދި އެ ޕޯސްޓުގައި "ގްރޯވިތްއުރީދޫ" ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ. އޭގެ އިތުރުން، އުރީދޫ މޯލްޑިވްސް އާއި ޒުވާން ދަންޑުވެރިޔާގެ އެކައުން ޓެގު ކުރަން ޖެހެއެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.
ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގައި ދަނޑުވެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއްދީ، ދަނޑުވެރިން ކުރާމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި ދަނޑުވެރިކަމަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުންވެސް އެ ދުވަސް ފާހަގަ ކުރާ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.