ޓެކްނޮލޮޖީ

ވަޓްސްއެޕްގެ ވަކިވަކި މެސެޖްތައް ތަޅުލެވޭ ގޮތް ހަދަނީ

އާދަމް ނަސީރު

ފޭސްބުކްވެސް ހިންގާ މެޓާ ކުންފުނީގެ މަޝްހޫރު އެޕްލިކޭޝަން ވަޓްސްއެޕް ޑިވެލޮޕަރުން ދަނީ ލޮކްޑް ޗެޓްތަކަށް "ސީކްރެޓް ކޯޑް" ގެ ނަމުގައި އާ ފީޗާއެއް ޓެސްޓް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި ސިއްރު ކުރަން ބޭނުންވާ ވަކިވަކި ޗެޓްތައް ކަސްޓަމްސް ޕާސްވޯޑެއް ބޭނުން ކުރެވޭނެއެވެ.

ޑަބްލިޔުއޭބީޓާއިންފޯގެ ރިޕޯޓެއްގައިވާ ގޮތުން މި އާ ފީޗާ މިހާރު ފެނިފައިވާ ކަމަށާއި ވަޓްސްއެޕް ބީޓާ ޓެސްޓިން ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި އެންޑްރޮއިޑް 2.23.21.9 ގައި ވަޓްސްއެޕް ބީޓާ އިން މި ފީޗާ މިހާރު ބޭނުން ކުރެވޭނެއެވެ.

އާ ސިއްރު ކޯޑް ފީޗާގެ ސަބަބުން މުލި އެޕްލިކޭޝަން ލޮކް ނުކުރި ނަމަވެސް ސާޗް ބާއިން ލޮކް ކޮށްފައިވާ ޗެޓްތައް ފަސޭހައިން ހޯދައި، ލިންކް ކޮށްފައިވާ ޑިވައިސްތަކުގައި ވެސް ޗެޓް ލޮކް ކުރެވޭނެއެވެ. ފޮނުވާފައިވާ ވަކި ވަކި މެސެޖް ފަސޭހައިން ހޯދުމަށް ވަޓްސްއެޕް އިން ލަފާދެނީ ސާދާ ބަހެއް ނުވަތަ އިމޯޖީއެއް ބޭނުން ކުރުމަށެވެ.

މިއަހަރުގެ މެއި މަހު ވަޓްސްއެޕް އިން ބަޔޮމެޓްރިކްސް ނުވަތަ ޕިން ކޯޑް ބޭނުންކޮށްގެން ޗެޓް ލޮކް ކުރެވޭނެ ގޮތެއް ތައާރަފް ކުރި ނަމަވެސް ސެކަންޑަރީ ޑިވައިސްތަކުގައި ޗެޓް ލޮކް ކުރެވޭނެ ގޮތެއް ނެތުމުން ގިނަ ބަޔެއްގެ ހިތްހަމަ ނުޖެހުން އެބަ ހުއްޓެވެ. ނަމަވެސް އެންމެ ފަހުގެ ބީޓާ ފީޗާ ސްޓޭބަލް ވާޝަނަށް ވަދެއްޖެނަމަ، ވަޓްސްއެޕް ބޭނުން ކުރާ ހުރިހާ ޑިވައިސްތަކުގައި ވެސް މި މެސެޖްތައް ޕްރައިވެޓްކޮށް ފޮރުވާފައި ބެހެއްޓޭނެއެވެ.

މިހާރު ވޮޓްސްއެޕްގެ އާ "ސީކްރެޓް ކޯޑް" ފީޗާ ތަރައްގީ ކުރަމުންދާ އިރު އެންމެންނަށް ލިބޭނެ ގޮތް ހެދުމަށް މަދު ހަފުތާއެއް ނުވަތަ މަސްތަކެއް ނަގާފާނެއެވެ. މިދިޔަ މަސްތަކުގައި ވަޓްސްއެޕް ޑިވެލޮޕަރުން ވަނީ ޓެލެގްރާމް ފަދަ ބައެއް ފަންކްޝަނަލިޓީތައް އިތުރުކޮށް، އެޗްޑީގައި ތަސްވީރުތަކާއި ވީޑިއޯތައް ފޮނުވޭ ގޮތްވެސް ހަދައިފައެވެ. މީގެ އިތުރުން ނަން ނުހިމެނޭ ގްރޫޕްތައް އުފެއްދުމާއި މީޑިއާ ކެޕްޝަންތައް އެޑިޓް ކުރުން ފަދަ ފަންކްޝަނަލިޓީ ވެސް ދަނީ އިތުރު ކުރަމުންނެވެ.