ޓެކްނޮލޮޖީ

"ޝޮޓް އޮން އައިފޯން އެކްސް އެސް" ކެމްޕެއިންގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތި ޑޮކިއުމެންޓްރީއެއް

މުހައްމަދު އައުޒަމް

"ޝޮޓް އޮން އައިފޯން އެކްސް އެސް" ކެމްޕެއިންގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތި ޑޮކިއުމެންޓްރީއެއް އެޕަލްގެ ޔޫޓިއުބް ޗެނަލްގައި ހިމަނައިފިއެވެ.

މޯލްޑިވްސް ވޭލް ޝާރކް ރިސަރޗް ޕްރޮގްރާމާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މި ކުރު ޑޮކިއުމެންޓްރީގެ ދިގުމިނަކީ ހަތް މިނެޓާއި 59 ސިކުންތެވެ.

އައިފޯނުގެ ފޯނުތަކުގައި އެކުލެވޭ ކެމެރާގެ ފުރިހަމަކަން ދެއްކުމުގެ ގޮތުން "ޝޮޓް އޮން އައިފޯން އެކްސް އެސް" ނަމުގައި ތަފާތު ކުރު ޑޮކިއުމެންޓްރީތައް ޔޫޓިއުބްގައި ވަނީ ހިމަނައިފައެވެ. ނަމަވެސް ރާއްޖޭގެ ރީތި ކަނޑު އަޑީގެ މަންޒަރުތައް ހިމެނޭ ގޮތަށް ހަދާފައިމިވާ ޑޮކިއުމެންޓްރީގެ ސަބަބުން އައިފޯނުގެ އަންޑަރ ވޯޓަރ ކެމެރާގެ ކޮލިޓީ ވަނީ ވަރަށް ފުރިހަމައަށް ދައްކައިލައިފައެވެ.

"ޝޮޓް އޮން އައިފޯން އެކްސް އެސް" ކެމްޕެއިންގައި ރާއްޖޭގެ ޑޮކިއުމެންޓްރީ

އައިފޯން އެކްސް އެސްގެ ސަލާމަތީ މައުލޫމާތުގައި ވާގޮތުން އައިފޯން އެކްސް އެސް ފެން ނުވަދެ ހިފަހައްޓާލާނީ 30 މިނެޓަށެވެ. އެއީ 2 މީޓަރުގެ ފުންމިނުގައެވެ. ނަމަވެސް ރާއްޖޭގައި ނަގާފައިވާ މަންޒަރުތަކުން ކަނޑުގެ މާ ފުނުގެ ވީޑިއޯ ނަގާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ރީތި ޑޮކިއުމެންޓްރީއެއް އެޕަލްގެ ޔޫޓިއުބް ޗެނަލްގައި ހިމަނާފައި ވާއިރު މިޗެނަލްގައި 8 މިލިޔަނަށްވުރެ ގިނަ ފޮލޯވާސް އުޅެއެވެ.