ޑރ. އަހުމަދު ޒާހިރު

ސަރުކާރު އޮފީސް އަދި ކުންފުނި ތަކުގައި ފަސޭއިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

މަރިޔަމް ޝަހުދާ

ސަރުކާރު އޮފީސް އަދި ކުންފުނި ތަކުގައި ފަސޭއިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދުކުރާނެ އިންތިޒާމް ހަމަޖެހިފައި ނެތް ތަންތަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތަކުގެ ތެރެއިން ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމެއް ގާއިމްކޮށްފައި ނުވާ އޮފީސް ތަކާއި ކުންފުނިތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ހުރިހާ އިދާރާތަކެއްގައި ފަސޭހައިން ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މިނިސްޓްރީ އިން މަސައްކަތް ފަށާފައި ވީނަމަވެސް މި މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ ތަފްސީލެއް އަދި މިނިސްޓްރީ އިން އާންމުކޮށްފައެއް ނުވެއެވެ.