ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވެގެން ފަސް ކުރުމަށްފަހު 9:30ގައި މަޖިލިސް ޖަލްސާ ފަށައިފި

އިބްރާހިމް ޒަކީ

މިއަދު ހެނދުނު 9:00 ގައި ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ، ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ފަސް ކުރުމަށްފަހު 9:30 ގައި ޖަލްސާ ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާއެއްގެ ޔައުމިއްޔާ ފާސް ކުރުމާއި، ގާނޫނު ނަންބަރު 2008/6( ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެކި މުއައްސަސާތަކުގެ 30 އޯޑިޓް ރިޕޯޓެއްގެ މައްސައްކަކް ކުރިއަށް ގެންދިއުމަށްވެސްްވަނީ އެޖެންޑާ ކޮށްފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއަށްވެސް އެކި މުއައްސަސާތަކުގެ 100 އޯޑިޓް ރިޕޯޓެއް ހމާލިއްޔަތު ކޮމިޓީން ހުށަހެޅިއެވެ. ނަމަވެސް އިއްޔެގެ ޖަލްސާގައި އެ 100 ރިޕޯޓްގެ ތެރެއިން ފާސް ކުރެވުނީ 33 އޮޑިޓް ރިޕޯޓެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގެ މަރުހަލާގައި ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަހަޅައި ނިމިފައިވާތީ، ވޯޓަށް އަހަންހުރި ކަންތައްތަކަށް ވޯޓަށް އެހުމަށްޓަކައި 1:30 ގައި ޖަލްސާ ފެށުމުގެ ގޮތުން މަޖިލީހުގެ ޖަލްސާ މިހާރުވަނީ ނިންމަވާލައްވައިފައެވެ.