ބޮލީވުޑްގެ ނަވާބު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ބަތަލާ ސާރާ އަލީ ޚާން ސިޔާސީ ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފިއެވެ.
ހިސްޓްރީ އަދި ޕޮލިޓިކްސް ސައިންސް ކިޔަވާފައިވާ ސާރާ ބުނީ ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާއިން ކުރިއެރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ސާރާ ބުނި ގޮތުގައި އެއީ އޭނާގެ ބެކްއަޕް ޕްލޭނެއް ނޫންކަމަށެވެ.
ސިޔާސީ ދާއިރާ އަކީ ކުރިއަށް އޮތް ތަނުގައި ސާރާ އިހްތިޔާރު ކުރާނެ މަގު ކަމުގައިވިއަސް އެކްޓް ކުރުމަކީ އަބަދުވެސް ސާރާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށް އޭނާ ޑެއިލީއަށް ދިން އިންޓަވިއުގައި ބުންޏެވެ. އެގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވި ކަމަށް ވެއެވެ. ނަމަވެސް އޭނާ އަކީ އަބަދުވެސް ކިޔަވާ ހިތްވާ މީހެއް ކަމުން ކިޔެވުމުން ކުރިއަށް ދިޔައީއެވެ.
ކޮލަމްބިއާގެ ޔުނިވާސިޓީގައި ކިޔަވަން އުޅުނު އިރު ޕީސީއޯޑީގެ ސަބަބުން ފަލަވެގެން ދިޔުމުން ފިލްމީދާއިރާއަށް ވަދެވޭނެ ކަމާމެދުވެސް ޝައްކު އުފެދުނު ކަމަށް ސާރާ ބުންޏެވެ. ނަމަވެސް ހިތްވަރުކޮށް ކުރަން ބޭނުންވާ ކަންތައް ދޫނުކޮށް އަޒުމް ކަނޑައެޅުމުގެ ސަބަބުން އެއް އަހަރާ ހަމަހުގެ ތެރޭގައި 40 ކިލޯ ލުއިކޮށްލެވުނު ކަމަށް ސާރާ ބުންޏެވެ.
ސާރާ ވަނީ މަދު ދުވެސް ކޮޅެއްގެ ތެރޭގައި މަގްބޫލު ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.