ވިޔަފާރި

އައިފޯން 15 މާބޮޑަށް ހޫނުވާ މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއް ނެރެނީ

އާދަމް ނަސީރު

މީގެ ހަފުތާއެއް ކުރިން ނެރުނު އައިފޯން 15 މާބޮޑަށް ހޫނުވާ މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއް ނެރޭނެ ކަން އިއުލާން ކޮށްފިއެވެ. އެޕަލް އިން ބުނީ އާ އައިފޯން މޮޑެލްތައް ހޫނުވާން ދިމާވާ ސަބަބަކީ އައިއޯއެސް 17 ގައި ހުރި ބަގްތަކާއި އެޕްތަކުގައި ހުރި ބަގްތަކާއި ވަގުތީ ގޮތުން ސެޓަޕް ޕީރިއަޑެއް އެކުލެވޭތީ ކަމަށެވެ.

އެޕަލްގެ ތަރުޖަމާނަކު ބައެއް މީޑިއާތަކަށް އައިފޯން ހީކުރި ވަރަށް ވުރެ ހޫނުވާ މަދު ހާލަތްތަކެއް އަންނަ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ފޯނުގެ ސެޓަޕް ނުވަތަ ރީސްޓޯ ކުރުމަށްފަހު ފުރަތަމަ ދުވަސްތަކުގަ ބެކްގްރައުންޑް އެކްޓިވިޓީ އިތުރުވުމުގެ ސަބަބުން ފޯނު މާބޮޑަށް ހޫނުކަން އިހުސާސް ކުރެވިދާނެ ކަމަށެވެ. އައިއޯއެސް 17 ގައި ބަގެއްވެސް ފެނިފައިވާއިރު، އެ ބަގް ދެން އަންނަ ސޮފްޓްވެއާ އަޕްޑޭޓެއްގައި ހައްލުކުރާނެ ކަން ވަނީ ހާމަ ކޮށްފައެވެ. އަނެއް މައްސަލައަކީ ތިންވަނަ ފަރާތެއްގެ އެޕްތަކަށް ފަހުގެ ބައެއް އަޕްޑޭޓްތަކުގެ ސަބަބުން އެ އެޕްތަކުން ސިސްޓަމް އޯވަލޯޑް ވުމެވެ. މި އެޕް ޑިވެލޮޕަރުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ރޯލް އައުޓް ކުރުމުގެ މަރުހަލާގައި ހުރި މައްސަލަ ތައް ހައްލު ކުރުމަށް ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.

މި މަހުގެ ކުރީކޮޅު އެޕަލް އިން އައިފޯން 15 ގެ އާ މޮޑެލްތައް ނެރުމަށް ފަހު، އެޕަލްގެ ފޯރަމްތަކާއި ރެޑިޓް އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކޮށްފައިވާ ޝަކުވާތަކުން ހާމަވާ ގޮތުގައި މި ހަތަރު މޮޑެލް ވެސް ބޭނުން ކުރާއިރު ހީކުރި ވަރަށް ވުރެ މާބޮޑަށް ފޯނު ހޫނުވެއެވެ. އައިފޯން ޕްރޯތަކުގެ ރިވިއުގައި ވެސް އައިފޯން 15 ޕްރޯ މެކްސް ހޫނުވިކަން ވަނީ ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް އެޕަލްގެ ވެބްސައިޓުން ބުނާ ގޮތުގައި ބެކަޕް އިން ފޯނުތައް ސެޓަޕް ކުރާއިރު، ވައަލެސް ޗާޖު ކުރާއިރު، ގްރެފިކްސް ގިނަ އެޕް ނުވަތަ ގޭމް ބޭނުން ކުރާއިރު ނުވަތަ މަތީ ފެންވަރުގެ ވީޑިއޯ ސްޓްރީމް ކުރާއިރު ފޯނުތައް ހޫނުވާކަން ފާހަގަ ކުރެވިދާނެ އެވެ. އެޕަލް އިން ބުނަނީ ގޮތުގައި ޑިވައިސްތައް ގިނައިން ބޭނުން ކުރާއިރު ހޫނުވުމަކީ އާދައިގެ ކަމެއް ކަމަށާއި އައިފޯންތަކުގައި ޓެމްޕަރޭޗާ އިންޒާރު ނުދައްކާނަމަ އެ ޑިވައިސްތައް ބޭނުން ކުރަން ރައްކާތެރި ކަމަށެވެ.