ޕޮލިސް

އަނބުރައިގަނެގެން ސައިކަލުން ވެއްޓި، މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

މާލޭގައި ސައިކަލު ދުއްވަމުން ދަނިކޮށް ބޮލަށް އެނބުރުން އަރައިގަނެގެން ވެއްޓި މީހެއްގެ ބޯ ފަޅައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ ލިލީ މަގުން އިއްޔެ ހެނދުނު 10:34 ހާއިރު ސައިކަލެއްގައި ދުއްވާފައި ދިޔަ 34 އަހަރުގެ ފިރިހެނަކު ބޯ އަނބުރައިގަތުމުން ސައިކަލާއެކު ވެއްޓި ބޯ ފަޅައިގެން ގޮސްފައިވާކަމަށެވެ.

އަދި އޭނާ ސައިކަލާއެކު ވެއްޓުނު އިރު އެމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

އަދި ސައިކަލުން ވެއްޓުނު މީހާއަށް އޭޑީކޭގައި ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.