އިބްރާހިމް ޒަކީ
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްގައިވާ ގޮތަށް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުުގެ މަސައްކަތް މިއަދުން މިއަދަށް ފެށިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައމަދު ސޯލިިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ ޖަލުތަކުުގެ ހާލަތު ރަނަގަޅުކުރަން ކުރަން ޖެހޭ ކަންތައްތައް ބަލައި ދިރާސާ ކުރުމަށްފަހު، އެކަމަށް އެކުލަވައިލި ހަތް މެންބަރުންގެ ކޮމިޓީގެ ރިޕޯޓް ހޯމް މިނިސްޓަރަށް އެރުވުމަށާއި އެ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، އެ ރިޕޯޓްގައި ފާހަގަ ކުރައްވައިފައިވާ ކަންކަމަށް ބައްލަވައި ޖަލުތައް ރަނގަޅު ކުރުމުގެ މައިގަނޑު އަސާސަކީ އެ ރިޕޯޓްކަމުގައި ހައްދަވާނެ ކަމަށެވެ.
"ރިޕޯޓްގައި ފާހަގަ ކުރައްވައިފައިވާ ކަންކަމަށް ބަލައި ޖަލުތައް ރަނގަޅު ކުރުމުގެ މައިގަނޑު އަސާސަކީ މި ރިޕޯޓް ކަމުގައި އަޅުގަނޑުމެން ހަދާނަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ މަސައްކަތް ﷲ އިރާދަ ކުރެއްވިއްޔާ ޖަލުތައް އިސްލާހުކޮށް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުުގެ މަސައްކަތް މިއަދުން ފެށިގެން މި ރިޕޯޓްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ފަށާނަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ހަތް މެންބަރުންގެ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް 182 ހުށަހެޅުމެއް ވަނީ ހުށަހަޅައިފައެވެ.