ބޮލީވުޑް

ދޭދޭ ޕިޔާރު ދޭ އަކީ ހަަމައެކަނި ރޮމް ކޮމް ފިލްމެއް ނޫން - ތާބޫ

ދޭދޭ ޕިޔާރު ދޭ އަކީ ހަަމައެކަނި ލޯތްބާއި މަޖާ (ރޮމް ކޮމް) ފިލްމެއް ނޫންކަމަށް ފިލްމުގެ ބަތަލާ އަދި އިންޑިއާގެ ގައުމީ އިނާމުވެސް ލިބިފައިވާ ތަރި ތާބޫ ބުނެފިއެވެ.

ތާބޫ ބުނި ގޮތުގައި ފިލްމުގައި ލޯބީގެ ބައިގެ އިތުރުން އެއަށްވުރެ މާ މުހިއްމު ކަންކަމަށް ފޯކަސް ކޮށްފައިވާނެ އެވެ. މީގެ ކުރިން އެކަހަލަ ރޯލެއް ކުޅެފައި ނުވާތީ ފިލްމުގައި އޭނާ ކުޅުނު ބައި ކުޅުނީ ވަރަށް އެކްސައިޓްވެ ހުރެ ކަމަށް ތާބޫ ނެރުނު ބަޔާނެއްގައި ވެއެވެ.

ފިލްމުގެ ނަމުން ފިލްމަކީ މަޖާ އަދި ލޯބީގެ ފިލްމެއް ކަމަށް ހީވި ކަމުގައި ވިއަސް ފިލްމުގައި އާންމުންނަށް ދިމާވާ އެއަށްވުރެ ސީރިއަސް މައްސަލަތައް ފެނިގެންދާނެ ކަމަށް ތާބޫ ބުނެފައިވެއެވެ. އެކި އުމުރުފުރައިގެ މީހުން ދިރިއުޅުމާ މެދު ދެކޭ ގޮތް ފިލްމުން ފެނިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދޭދޭ ފިޔާރު ދޭ ގައި އަޖޭ ދޭވްގަން އަދި ރާކުލް ޕްރީތް ސިންގް ވެސް ލީޑް ރޯލުން ފެނިގެން ދާނެއެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ޓީސީރީޒް އަދި ލަވް ފިލްމްސް އިންނެވެ. ފިލްމު ރިލީސް ކުރަނީ މެއި 17ގައެވެ.