ޕޮލިސް

48 ދަޅު ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން 48 ދަޅު ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:50 ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ، އެ މީހުންގެ އަތުން ބަނގުރާ ދަޅުތައް ފެނިގެން ހައްޔަރުކޮށްފައި ވަނީ ޑިންގީން ހުޅުމާލެއަށް ބޭލި ކަޅުކުލައިގެ ކޮތަޅަކާ ހަވާލުވުމަށް އެ ސަރަހައްދަށް ގޮސް، އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާން އުޅުމުގެ ތެރޭގައި ކަމަށެވެ.

އަދި މި ދެ މީހުންނަކީ އެ ބަނގުރާ ދަޅުތަކާ ހަވާލުވުމަށް ޑިންގީ ދޮށަށް ދިޔަ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. މި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފައެވެ.

އަދި މި ދެ މީހުންގެ ހުއްޓުވަން އުޅުމުން އެތަނުން އެކަކު ފުލުހަަކަށް ހަމަލާދީފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.