ގިނަ ދުވަސްވަންދެން އަޑުތައްފެތުރިފައި އޮތުމަށްފަހު ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އާއި މިންޑީ ކަލިން އެކީގައި ފިލްމު ކުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ޕީސީ އާއި މިންޑީ ކުޅެނީ "ބިގް ފެޓް އިންޑިއަން ވެޑިން" ކަހަލަ ފިލްމެއްކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު އުފައްދާނީ ޔުނިވާސަލް ޕިކްޗާސްގެ ފަރާތުންނެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔަނީ މިންޑީ އަދި ޑޭން ގޫރްއެވެ. އަދި ފިލްމު ޑައިރެކްޓް ކުރަނީ ޕްރިޔަންކާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ޕީސީ އެންމެ އަވަހަށް ދެން ފެންނާނީ ޝޮނާލީ ބޯސްގެ "ސްކައި އިސް ޕިންކް" އިންނެވެ. އެ ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ 11 އޮކްޓޯބަރުގައެވެ.